އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފާއިތުވި 24 ގަޑި އިރު ތެރޭ އައްޑޫން 10 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން...

10 May 2021 | 09:14

އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފާއިތުވި 24 ގަޑި އިރު ތެރޭ އައްޑޫން 10 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެއެވެ.

އައްޑޫ ސިޓީއިން ފައްސިވީ ފޭދޫން  3 މީހަކާއި ހުޅުދޫން 7 މީހެކެވެ. އެހެންކަމުން އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 58 އަށް އަރާފައެވެ.

ކޮވިޑު-19ގެ ވޭދަނަތައް މުޅި ރާއްޖޭގައިވެސް އިތުރުވާއިރު، މާލެ ސަރަހައްދުގެ އިތުރުން ބައެއް ރައްރަށުގައި ވެސް އެޗްޕީއޭއިން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އައްޑޫގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ވަނީ ކާފިއު ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް