އިތުރު ލިސްޓުތައް ލިބިއްޖެ، ފްލެޓުތަކުގެ ގުރުނެގުން ލަސްވަނީ ކޯވިޑާއި ހެދި: އެޗްޑީސީ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތައް ކަނޑައެޅުމަށް ނަގާ ގުރުަތުލުން ފެށުން ލަސްވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަމަ...

10 May 2021 | 09:07

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތައް ކަނޑައެޅުމަށް ނަގާ ގުރުަތުލުން ފެށުން ލަސްވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގެ ގުރު އަތުލުން ފެށީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ދުވަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ގުރު ނެގުމަށް ފަހު ގުރުލުން މެދު ކަނޑާލުމަށް ފަހު އަލުން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ދެ ވަނަ ފަހަރު ގުރުއަތުލުން މެދުކަނޑާލީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ހިޔާ މަޝްރޫޢުގެ ގުރުއަތު ނެގުމާއި ގުޅޭގޮތުން އެޗްޑީސީން މިއަދު ބުނީ ހިޔާ މަޝްރޫޢުގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓުތައް ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.

އެކަމަކު ގުރުއަތުލުން އަލުން ފެށުން ލަސްވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ބުނެ އެވެ. އެޗްޑީސީން ބުނީ މިހާރު ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ އަލުން ގުރުއަތުލުން ފަށާނެ ތާރީހާއި ގުރުނެގޭ ފަރާތްތަކުގެ ލިސްޓު ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ހިޔާ ފްލެޓުގެ 25 ފަންގިފިލާގެ 16 ޓަވަރުން 6،720 މީހުންނަށް ފްލެޓު ލިބެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ލިބޭ ފްލެޓުތައް ކަނޑައަޅާ މިހާރު ވަނީ ނިމިފަ އެވެ.

އެޗްޑީސީން ކުރިން ބުނީ ގުރުލުން ނިމޭތާ 10 ދުވަސް ތެރޭގައި ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް