ކަނބާއައިސާރަނި ހިނގުން އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކޮށްފިއެވެ.
ފުލުހުން ބުނެފައި ވަނީ، ކަނބާއައިސާރަނިހިނގުން ދެކޮޅަށް ދުއްވާބައި އެއްކޮޅަށް ( އުތުރުން ދެކުނަށް ) ދުއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، މި ބަދަލާއެކު ޕާކިންގ އަށްވެސް ބަދަލުތަކެއް ގެނެވިފައިވާނެ ކަމަށެވެ.
https://twitter.com/TrafficPoliceMv/status/1391668408253435907
މީގެ ކުރިން މި މަގުގެ ވަކި ހިސާބެއް ދެކޮޅަށް ދުއްވޭ ގޮތަށް އޮވެއެވެ. އެއީ އައިޖީއެމް ހޮސްޕިޓަލުގެ ކަންމަތިން މަޖީދީ މަގާއި ހަމައަށެވެ. ކަނބާ އައިސަރަނި ހިނގުމަކީ އެ މަގެއްގައި އައިޖީއެމް ހޮސްޕިޓަލް ހުންނަ މަގެވެ. މި ދުވަސްވަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ބޮޑުވެފައިވާއިރު އެ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ހެދުމުން، އެމްބިއުލާންސް ދަތުރުތަކަށް ފަސޭހަ ވާނެ ކަމަށް ބެލެވެއެވެ.
ކަނބާއައިސާރަނިހިނގުން އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމާއެކު، ޕާކިންގ އަށްވެސް ބަދަލުތަކެއް ގެނެވިފައިވި ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް