ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއަށް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
އަދުރޭ ހަޑިހުތު ބަހުން ވާހަކަދެއްކެވި ކަމަށް ބުނެ ދައުވާ އުފުލީ 28 ނޮވެމްބަރު 2019 ގައި ކްރިމިނަލް ކޯޓު ބޭރުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ ހަޑިހުތުރު ބަހުން ވާހަކަދެއްކެވި ކަމަށް ބުނެ އެވެ. އެދުވަހު ދެއްކެވި ވާހަކައިގަ އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ ޝަރިއަތުގައި މައްސަލަ ބޭރުކޮށްލީ ތަހުގީގު މަރުހަލާގައި ގާނޫނާ ޚިލާފަށް ހެކި ހޯދާފައިވާތީ އެވެ. އެއީ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށްޓަކައި ސާމްޕަލް ނެގުމުގައި ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާތީ އެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ތަހުގީގު މަރުހަލާގައި ހަނު ހުރެފައި ވަނިކޮށް ސާމްޕަލް ނެގުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފް ކަމަކަށް ވާތީ އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އެންމެ މުހިންމު ދެ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމުމާ އެކު، ދެން ހުރި ހެކިތަކުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
މި ދައުވާއަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަދުރޭ ވަނީ އިންކާރު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް