ކުޅުދުއްފުށީ ގެސްޓުހައުސްއެއްގަ ކުއްޖަކާއި އެކު ޖިންސީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެމ...

10 May 2021 | 07:23

ހދ. ކުޅުދުއްފުށީ ސިޓީގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެމީހާ ހައްޔަރު ކުރީ އެ ކުއްޖާ އާއި އެކު ޖިންސީ އަމަލު ހިންގަމުން ދަނިކޮށް ބަޔަކަށް ފެނިގެން ކަމަށްވެ އެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަކީ ސިފައިންގެ މީހެއް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ފުލުުހުން ބުނިގޮތުގައި، އެ މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް