ކީވިޑް-19 ފެތުރުން އިތުރުވެ ހާލަތު ގޯސްްވި ނަމަވެސް މިއީ އުއްމީދު ކަނޑާލަންވީ ވަގުތު ނޫންް ކަމަށް އައިޖީއެމްއެެޗްގެ އެތެރެހަށީގެެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެެވެ.
ޑރ.މުހައްމަަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާާޅުވެފައި ވަނީ، މިއީ ފަހަތަަށް ޖެެހެންވީވަަގުތު ނޫން ކަމަށާާއި ގަދައަޅައި މަސައްކަތް ކޮށްފި ނަަމަ މިބަލިމަޑުކަމުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ ކަމަށެވެ. މި ދަނޑިވަަޅުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ހަތަރު ކަަމެއް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އެކަކު އަނެކެއްގެ ހާލު ބަލާ އޯގާތެރިވުމަށާއި، ބަލީގެެ އަލާމާތްތައް ފެންނަ ނަަމަ ފަރުވާ ހޯދުމަށާއި، އޯއާރުއެސް، އަދި ކުރުނބާފަދަ ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން މިކަމާ މެދު ހާސްވެ ކަންބޮޑު ނުވުމަށް ޑރ.މުހައްމަދު އަލީ އިލްތިމާސްކުރެއްވިއެވެ.
އިއްޔެ އެކަނި ވެސް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ 1000 އަށް ވުރެ މަތީގައެވެ. އިއްޔެ ފައްސިވި މީހުންގެ ތެރެއިން 933 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 147 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން ހަ މީހަކާއި، ސަފާރީތަކުން ތިން މީހަކާއި، ރިސޯޓް ތަރައްގީ ކުރަމުންދާ ރަށްތަކުން ދެ މީހަކު ފައްސިވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް