ދަމު ނަމާދު ކުރަމުން ދަނިކޮށް އިމާމަށް ހަމަލާދިން މައްސަލަ މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެރޭ ލ. ގަން، ތުނޑީ އާބާދީ ސަރަހައްދުގައި ހުރި މިސްކިތެއްގައި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
"ދުވަސް" އާއި މައުލޫމާތު ހިއްސާ ކުރި ގަމު މީހަކު ބުނީ އެކަން ހިނގީ އެރޭ ގާތްގަނޑަކަށް 2:30 ގައި ކަމަށެވެ. އެމީހާ ފުރަތަމަ މިސްކިތައް ގާ އުކީކަމަށާއި އޭގެ ފަހުން ދެވަނަ ރަކުއަތުގެ ސަޖިދައަށް ދާން ގާތްވެފައިވަނިކޮށް ޒުވާނަކު ސޯޓުކޮޅު އެކަނި ލައިގެން ހުރެ މިސްކިތަށް އަރާ، އިމާމުގެ މަންމައަށް އަމާޒުކޮށް އަވަގުރާނަ ގޮވި ކަމަށެވެ. އަދި ކީރިތު ޤުރުއާނުގެ ހުރުމަތް ކެނޑޭފަދަ އެތައް ވާހަކައެއް ދެއްކި ކަމަށެވެ.
އޭގެ ފަހުން އެމީހާ ސަފުތަކުގެ ތެރެއިން ގޮސް އިމާމުގެ ގައިގަ ޖަހަން އަތް ހޫރާލި ނަމަވެސް އިމާމު ސަޖިދައަށް ދިއުމުން ލައްވާ ނުލީ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ދެން އިމާމުގެ ތާކިހާ ނަގާ އެއްލާލި، އަދި ބޮލުގަ އިން މައިކް ނަގާ ހަލާކުކޮށްލި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް