ދަނޑިވަޅުގެ ފައިދާ ނަގައި އިލްމުވެރިންނަށް ހަޖޫ ޖަހައިގެން ނުވާނެ: ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ފަހަތުގައި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހިިމެނުނަސް މިއީ ދީނީ އިލްމުވެރިންނަށް...

10 May 2021 | 06:14

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ފަހަތުގައި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހިިމެނުނަސް މިއީ ދީނީ އިލްމުވެރިންނަށް ހަރުކަށި ވިސްނުމާއި ގުޅުވައި ހަޖޫ ޖަހަންވީ ވަގުތު ނޫން ކަމަށް އައްޑޫ ސިޓީ އިންތިހާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ހަމަލާދިނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

އަލީ ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދީނީ އިލްމުވެރިންނާއި ހަރުކަށި ވިސްނުމާއި ގުޅުވައި މި ނާޒުކު ދަނޑިވަޅުގެ ފައިދާ ނަގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އެކަމަކު އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި ނޫރު އެއީ ދިވެހިންގެ ނަސީބު ކަމަށެވެ. އަދި އެއީ ސުލްހަ އާއި އަމާންކަން އަދި ދެ ދުނިޔޭގެ ބާއްޖަވެރި ކަމަށް އޮތް ހަމައެކަނި ހައްލު ކަމަށެވެ.

https://twitter.com/DhekunuNizar/status/1391536084404695042

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް