ބޮލީވުޑްގެ ބަތަލާ އަދި ހުރިހާ ކަމަކާ ބެހޭ މީހާގެ ނަމުގައި މަޝްހޫރުވެފައިވާ ކަންގަނާ ރަނާވަތު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމުން ބޭރުކުރަން ޖެހިދާނެ ކަމުގެ ސިގްނަލް ދޭން ފަށައިފި އެވެ.
މިދިޔަ ހަފްތާގައި ޓުވިޓާއިން ވަނީ ދާއިމީކޮށް ކަންގަނާނެ ރަސްމީ ޓުވީޓާ އެކައުންޓު ސަސްޕެންޑުކޮށް އޭނާ ޓުވިޓާއިން ބޭރުކޮށްފަ އެވެ. ކަންގަނާ އެކަން ހިޔާލުފާލު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުގައި ސިފަ ކުރި އިރު އޭނާ އާއި ދެކޮޅަށް ޓުވިޓާއިން ފިޔަވަޅުއެޅީ އިންޑިއާގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
ޓުވިޓާއިން އޭނާގެ އެކައުންޓު ސަސްޕެންޑު ކުރުމުގެ ކުރިންވެސް ކަންގަނާ ކުރި އެފަދަ ޕޯސްޓުތަކެއް މީހުންނަށް ނުފެންނަ ގޮތް ހެދި އިރު މިފަހަރު އިންސްޓަގްރާމްގައިވެސް ހަދަން ފަށާފައިވަނީ އެހެންވެ. އިންސްޓަގްރާމުން ޑިލީޓްކޮށް ނުވަތަ އެހެން މީހުންނަށް ނުފެންނަ ގޮތް ހެދީ "ކޯވިޑް އަކީ ކުޑަ ވަގުތުކޮޅަކަށް ޖެހޭ ރޯގާ" އެއް ކަމަށް ބުނެ ކުރި ޕޯސްޓެވެ.
އެ ޕޯސްޓުގައި އޭނާ އިތުރަށް ބުނެފައިވަނީ ކޯވިޑް ދެކެ ބިރު ނުގަތުމަށާއި ބިރު ގަންނަނަމަ ކޯވިޑް މީހާ މާބޮޑަށް ބިރު ގަންނަވާނެ ކަމަށެވެ. އަދި ކޯވިޑަކީ މާބޮޑު ބައްޔަކަށް ހަދައިގެން އުޅެނީ މީޑިއާއިން ކަމަށް ބުނެ އެވެ.
ކަންގަނާ އަކީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އާންމު ތަންތަނުގައި މާސްކު އެޅުމަށް އޭނާ ދެކޮޅު ހަދައެވެ. އަދި ކޯވިޑް އަކީ މާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ބުނެ އޭނާ ވާހަކަ ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް