ކޯވިޑް ޖެހިގެން 75 އަހަރުގެ އަންހެނަކު މަރުވެއްޖެ، ޖުމްލަ 85 އަށް

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ ފަތިހު 4:00 ގައި އެވެ. އެޗްޕީއޭއިން ބުނީ މަރުވިއިރު އެމީހާއަށް ފަރުވ...

10 May 2021 | 05:39

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ ފަތިހު 4:00 ގައި އެވެ.

އެޗްޕީއޭއިން ބުނީ މަރުވިއިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 ގައި މަރުވި 85 ވަނަ މީހާ އެވެ.

އިއްޔެވެސް ރާއްޖެއިން ކޯވިޑް ޖެހިގެން މީހަކު މަރުވެފަވެ އެވެ.

ރާއްޖެއިން އިއްޔެގެ ނިޔަލަށް 35،815 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 26،299 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް