ޝިފާ އަށް 'ޝިފާ' ކިޔާކަން އެނގުނީ އުމުރުން 11 އަހަރުގައި ކަމަށް، އަރަމުންދާ ފިލްމު ސްޓާރ މަރިޔަމް ޝިފާ ބުނެފިއެވެ.
ޝިފާ ބުނެފައިފާ ގޮތުގައި އޭނާއާ ދިމާއަށް ބޭބެ ވަރަށް ލޯބިން 'ޝިފާޒާ' ކިޔަން ފެށި ކަމަށާއި އެގޮތަށް އެ ނަން ހަރުލީ ކަމަށެވެ.
އާއިލާ މީހުންވެސް އޭނައާ މުޚާތަބު ކުރަނީ އެހެން ކަމަށެވެ. ޝިފާ ސްކޫލަށް ލީ އިރުވެސް އޭނާގެ މަންމަ ނަންޖެއްސީ 'ޝިފާޒާ' ގޮތުގައެވެ.
އެހެންކަމުން ޝިފާ އަށް ވެސް، އޭނާއަށް އަސްލު ކިޔަނީ 'ޝިފާ' ކަން އެނގުނީ އުމުރުން 11 ވަރަކަށް އަހަރުގައި ކަމަށް ޝިފާ ބުނެއެެވެ. އޭނާގެ އަސްލުނަން މީހުންނަށް ވެސް އެނގެން ފެށީ އޭނާ ވަރަށް ބޮޑުވި ފަހުން ކަމަށް ޝިފާ ބުނެއެވެ.
'ޝިފާޒާ' ކުރުކޮށްލާފައި 'ޝިފާ' ކިޔަނީކަމަށް ކުރިން ހީކުރި ނަމަވެސް، އައިޑީކާޑާއި އުފަންދުވަހުގެ ސެޓްފިކެޓް ފެނުމުން، އަސްލު ކިޔަނީ 'ޝިފާ' ކަން އެނގުނުކަމަށް އޭނާ ބުނެއެވެ.
އެހިސާބުން، ޓެސްޓް ޕޭޕަރެއްގައި ވެސް 'ޝިފާ' ޖެހުމުން މުދައްރިސް އެ ނަން ކަނޑާލާފައި 'ޝިފާޒާ' ޖެހިކަމަށް ވެއެވެ. ދެން ޝިފާއަށް އަސްލު ކިޔަނީ 'ޝިފާ' އޭ އޭނާގެ މަންމަ ބުނި ހިސާބުން، މީހުން މަޑުމަޑުން އެހެން ކިޔަމުން ގޮސް ބަދަލުވީ ކަމަށް ޝިފާ ބުނެއެވެ.
ޝިފާގެ ރަށުގައި އޭނާއާ ދިމާއަށް 'ޝިފާ' ކިޔާ މީހުން ވަރަށް މަދުވާނެ ކަމަށާއި އެއްގޮތަކަށްވެސް ނޫޅޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެކަމަށް ޝިފާ ބުނެއެވެ. އަދި ނަން ބަދަލުވުމަކުން އެއީ މައްސަލައެއް ނޫން ކަމަށް ޝިފާ ބުނެއެވެ. އެހެން ނަމަވެސް 'އަނގަތަކާ ވާހަކަތަކާ' ދާނީ އެގޮތަށް ކަމަށް ޝިފާ ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް