ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދޫކޮށްލުމަށް، މިއަދު ޝަރީޢަތުން ނިންމުމާއި އެކު، ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ކަމަށްވާ ކުނޫޒުގައި ބާއްވަން ހަމަޖެހިފައިވާ އިދިކޮޅު ޕާޓީތަކުގެ ޖަލްސާ އެމްޑީޕީ ހަރުގެއަށް ބަދަލު ކޮށްފިއެވެ.
ކުނޫޒުގައި ބާއްވަން އޮތް ޖަލްސާ އެމްޑީޕީ ހަރުގެޔަށް ބަދަލުކުރީ މުޖުތަމައު ތެރޭގައި ފިތުނަ ފަސާދައާ، ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަށް ނުދެއްކުމަށާއި، އަދި އެފަދަ ވާހަކަތަށް ދެއްކުމަށް ގާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރުމަށް އެހެން މީސްމީހުންނަށް އެތަންތަން ނުދިނުމަށް، ކްރިމިނަލް ކޯޓުން ގާސިމް އިބްރާހިމްއަށް އަންގާފައިވާތީއެވެ.
ގާސިމް އިބްރާހިމްއަށް ކޮށްފައިވާ ޝަރުތުތަކަށް ބަލާއިރު ހިމެނެނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފުލުހުންގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށާއި، ފިތުނަ އުފެދޭ ފަދަ ވާހަކައާއި ދައުލަތުގެ ތިންބާރުގެ ވެރިންނާއި މެދު ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށެވެ.
އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ގޯތި ގެދޮދު ބޭނުން ކުރަން ފުރުސަތު ނުދިނުން ވެސް ހިމެނެއެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރުމައި އެކު ސަރުކާރުގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުޙުމަތުގައެވެ.
ގާސިމް އިބްރާހިމް މިއަދު ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް