ވިއްސާރާގައި ސިވިލް ކޯޓުގެ ސިސްޓަމްތަކަށާއި ބައެއް ލިޔެކިޔުންތަކަށް ގެއްލުންވެ ކޯޓު ހުއްޓުމަކަށް !

މިއަދު ކުރި ވިއްސާރައިގާ ސިވިލް ކޯޓުގެ ފުރާޅުން ފެން ފޭބުމުގެ ސަބަބުން ސިސްޓަމްތަކަށާއި ލިޔެކިޔުންތަކަށް ގެއްލުންވެފައިވާތީ ސިވިލް ކޯޓު ހުއްޓުމަކަށް އަތުވެއްޖެ އެވެ. ސިވިލް ކޯޓުން މިރޭ ނެރެފައިވާ އިއު...

10 May 2017 | 18:03

މިއަދު ކުރި ވިއްސާރައިގާ ސިވިލް ކޯޓުގެ ފުރާޅުން ފެން ފޭބުމުގެ ސަބަބުން ސިސްޓަމްތަކަށާއި ލިޔެކިޔުންތަކަށް ގެއްލުންވެފައިވާތީ ސިވިލް ކޯޓު ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ސިވިލް ކޯޓުން މިރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދު ކުރި ވިއްސާރައިގާ ސިވިލް ކޯޓުގެ ފުރާޅުން ޝަރީއަތްކުރާ މާލަމްތަކަށާއި ސެކްޝަންތަކަށް ފެންފައިބައި އެތެރޭގެ ތަޅުންމަތީގައި ފެންބޮޑުވެ ބައެއް ސިސްޓަމްތަކަށާއި، ލިޔެކިޔުންތަކަށާއި ތަކެއްޗށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށެވެ.

"މިހެންވުމުން މި ކޯޓުގެ ޝަރީއަތްކުރާ ބައެއް ސެކްޝަންތަކާއި އިދާރީ ބައެއް ސެކްޝަންތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ނެތުމާއެކު އެ ސެކްޝަންތަކުގެ ޝަރީއަތްތަކާއި އިދާރީ މަސައްކަތްތައް ހުއްޓުމަކަށް އައިސް މެދުކަނަޑާލަން ޖެހިފައިވާކަމުގައި ދަންނަވަމެވެ." ސިވިލް ކޯޓުގެ އިއުލާނުގައި ބުނެފައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ސެކްޝަންތަކުގެ ޝަރީއަތްތަކުގެ މަސައްކަތްކާއި އިދާރީ މަސައްކަތްތައް ކުރިއަށސް ގެންދެވޭނީ ލިބުނު ގެއްލުމުގެ ކަންތައްތައް ރަނގަޅުކޮށް ހައްލުކޮށްގެންކަމުގައިވާތީ، ކޯޓުގެ ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން އާންމުކޮށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް