ރޯދަ ހަދިޔާގެ ގޮތުގައި ކުޑަހުވަދޫ ކޮންމެ ރައްޔިތަކަށް 500 ރުފިޔާ ދެނީ

ރޯދަ ހަދިޔާގެ ގޮތުގައި ދ. ކުޑަހުވަދޫ ކޮންމެ ރައްޔިތަކަށް 500 ރުފިޔާ ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. ކުޑަހުވަދޫ ކައުންސިލްގެ ތިން މެންބަރުންގެ ތާއިދާއި އެކު އެ ރަށު ކޮންމެ ރައްޔިތަކަށް ރޯދަ ...

10 May 2017 | 12:29

ރޯދަ ހަދިޔާގެ ގޮތުގައި ދ. ކުޑަހުވަދޫ ކޮންމެ ރައްޔިތަކަށް 500 ރުފިޔާ ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ތިން މެންބަރުންގެ ތާއިދާއި އެކު އެ ރަށު ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާން ދޭން ފާސްކޮށް އެކަން ވަނީ މިހާރު އާންމުކޮށްފައި އެވެ. އަދި އެ ހަދިޔާ ދޭން ނިންމީ ރައްޔިތުންގެ ފަންޑުން ކަމަށް ބުނެފައިވެ އެވެ.

ކުޑަހުވަދޫ ކައުންސިލުން ބުނީ އެ ފައިސާ ދޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ އާއި އެކު ކަމަށެވެ.

ކުޑަހުވަދޫ އަކީ ގާތް ގަނޑަކަށް 3،500 މީހުންގެ އާބާދިއެއް އޮންނަ ރަށެކެވެ.

މިދިޔަ އަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި އެކި ރަށްރަށުގެ ކައުންސިލްތަކުން ވަނީ ރައްޔިތުންނަށް ހަދިޔާ ދީފައި އެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ފައިސާ އާއި ތަކެތި ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް