އަނެއްކާވެސް އަލީމް ފުލުހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފެކްޝަނުން ޕީޕީއެމް ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވި އަބްދުލް އަލީމް އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފިއެވެ. އަލީމް ފުލ...

10 May 2017 | 12:00

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފެކްޝަނުން ޕީޕީއެމް ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވި އަބްދުލް އަލީމް އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފިއެވެ.

އަލީމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ފުލުހުން ތަޙުޤީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާނެއް ނެގުމަށެވެ. އޭނާއަށް ހަޒިރުވާން އެންގައި ފޮނުވި ޗިޓް ގައި ވަނީ މާދަމާރޭ 8:30 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށެވެ..

މީގެ ކުރިން އަލީމް ފުލުސް އޮފިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލު ކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީކޮށް ޕީޕިއެމް ނަމުގައި ބަޔާނާއި އެންގުންތައް އެންގުމުން ނެވެ.  އަދި އެ މައްސަލައިގަ ސިވިލް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ކަނޑައަޅާ އަލީމް ވަނީ 85،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައި އެވެ.

އަލީމް އެ ފައިސާ ދެއްކީ ހޯމަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް