ޕާޓީއަކަށް ވަންނަން އުޅުނު މުސްކުޅިއަކު ސްވިމިން ޕޫލަށް ވައްޓާލައިފި

ސައުތު ފްލޮރިޑާގައި އޮތް ޕާޓީއަކަށް ވަންނަން އުޅު 68 އަހަރުގެ އަންހެނަކު ޕާޓީ ކުރިއަށް ދިޔަ ގޭގެ ސްވިމިން ޕޫލުތެރެއަށް ވައްޓާލައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ނޭންސީ ޖޭމްސް ޕޫލުތ...

10 May 2017 | 05:02

ސައުތު ފްލޮރިޑާގައި އޮތް ޕާޓީއަކަށް ވަންނަން އުޅު 68 އަހަރުގެ އަންހެނަކު ޕާޓީ ކުރިއަށް ދިޔަ ގޭގެ ސްވިމިން ޕޫލުތެރެއަށް ވައްޓާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ނޭންސީ ޖޭމްސް ޕޫލުތެރެއިން ނެގި އިރު އޭނާއަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައި ކަމަށް ސައުތު ފްލޮރިޑާގެ ބްރޮވާޑް ޝެރިފް އޮފީހުން ވަނީ ބުނެފަ އެވެ.

ނޭންސީއާއި އޭނާގެ އަވައްޓެރިއަކު ޕޮލިހުނަށް މަޢުލޫމާތު ދިން ގޮތުގައި އެ ޕާޓީ ކުރިއަށްދިޔައިރު އެ ތަނުގައި 200އެއް ހާ މީހުން ތިއްބެވެ. އަދި ނޭންސީ ބުނިގޮތުގައި އޭނާ އެ ޕާޓީ ތެރެއަށް ވަންނަން އުޅުނީ އެ ޕާޓީގައި ތިބި ބައެއް މީހުންނާ ވާހަކަ ދައްކާ ށެވެ.

ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިޔޯއެއްގައި ފެންނަ ގޮތުގައި ފިރިހެނަކު ނޭންސީ އަތް މައްޗަށް ނެގުމަށްފަހު ފުރަތަމަ އޭނާ ވައްޓާލަނީ ތަޅުންގަޑު މައްޗަށެވެ. އޭގެ ފަހުގައި އޭނާ ނަގައިގެން ގޮސް ޕޫލަށް ވައްޓާލަ އެވެ.

މި ވީޑިޔޯގައި ފެންނަ ފިރިހެން މީހާ ހޯދުމަށް މިހާރު ނޯތް ފްލޮރިޑާގެ ޕޮލިހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް