!އޮސްޓްރޭލިއާގެ މަޖިލީސް ތެރޭގައި ގާތުން ބޮއެގެން މި ކުޑަކުއްޖާ ތާރީހުގެ ތެރެއަށް

ދެމަހުގެ ކުޑަކުއްޖަކު އޮސްޓްރޭލިއާގެ މަޖިލިސްތެރޭ ގާތުން ކިރުބޮއެގެން އެ ޤައުމުގެ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ. ކުއީންސް ލޭންޑްގެ ސެނިޓާ ލެރިސާ ވޯޓާސް ގެ ދަރިފުޅު އާލިއާ ޖޯއި ގޮވައިގެން ލެރިސާ މަޖި...

10 May 2017 | 04:41

ދެމަހުގެ ކުޑަކުއްޖަކު އޮސްޓްރޭލިއާގެ މަޖިލިސްތެރޭ ގާތުން ކިރުބޮއެގެން އެ ޤައުމުގެ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

ކުއީންސް ލޭންޑްގެ ސެނިޓާ ލެރިސާ ވޯޓާސް ގެ ދަރިފުޅު އާލިއާ ޖޯއި ގޮވައިގެން ލެރިސާ މަޖިލީހަށް ވަދެ އިންދާ ދަރިފުޅު ބަޑުހައި ވުމުން އޭނާ ގާތުން ދިނީ ކަމަށާއި އަދި އެކަމުގެ ސަބަބުން އޭނާ އެއްވެސް ލަދެއް ނުގަންނަ ކަމަށް ލެރިސާ ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން ލެރިސާ ވަނީ އޭނާ ކުރި ޓްވީޓެއްގައި ދަރިފުޅު އާލިއާ އަކީ އެންމެ ފުރަތަމަ މިފަދަ މަޖިލީހެއްގައި ގާތުން ކިރުދިން ކުއްޖާކަމަށް ވުމުން އޭނާ ދަރިފުޅު ދެކެ ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ މި ޓްވީޓްގައި މަޖިލިސްތަކުގައި ގިނަ އަންހެނުން ބޭނުންވާ ކަމަށްވެސް ބުނެފަ އެވެ.

https://twitter.com/larissawaters/status/861830244906315776

އޮސްޓްރޭލިއާގެ މަޖިލީހުން އަންހެން މެންބަރުންނަށް އެމީހުންގެ ތުއްތު ދަރިފުޅު މަޖިލީހަށް ވެއްދުމުގެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގަ އެވެ. އޭގެ ކުރިން ކުޑަކުދިން މަޖިލީހުގެ ތެރެއަށް ވެއްދުމަކީ އެ ގައުމުގައި ގާނޫނީ ކުށެކެވެ.

މި ގަވާއިދު ބަދަލު ކުރުމަށް އެއްމެ ކުރީގައި ހުރި ލެރިސާ ހާމަކުރާގޮތުގައި ގިނަ އަންހެނުން މަޖިލީހަށް ބޭނުން ކަމުގައި ވާނަމަ އެމީހުނަށް ފަސޭހަވާނެހެން މަޖިލީހުގެ މާހައުލު އޮތުމަކީ މުހިންމު ކަމެކެވެ. އަދި މަންމަ އެއްގެ ވަޒީފާ އަދާކުރުމަށް މަޖިލީހުން ފުރުސަތު ދޭން ޖެހޭނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް