ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުގެ ފުރަތަމަ ވައިބޭ ޕެކް ތައާރަފުކޮށްފި އެވެ.
"މޯލްޑިވިއަން އައިޑޮލް" ތީމްގެ މި ސްޓިކާ ޕެކުން އެ ޝޯގެ ޖަޖުންނާއި ބައިވެރިން އާންމުކޮށް ބޭނުން ކުރާ ބަސްތަކާއި، ޖަޖުން ތިބޭ ގޮތް ދައްކުވައިދޭ ސްޓިކާ ހިމެނެ އެވެ. އެ ސްޓިކާތަކުގައި އެ ޝޯގެ ފުރަތަމަ ސީޒަންގެ ލަވަކިއުންތެރިންގެ ސްޓިކާ ވެސް ހިމެނެ އެވެ.
ދިރާގަކީ އެ ޝޯގެ މެއިން ސްޕޮންސަރެވެ.
ވައިބާ ޕެކް ތައާރަފު ކުރިތާ ފަސް ގަޑި އިރު ތެރޭގައި 24،000 މީހުން އެ ޕެކް އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. ދިރާގުން ބުނީ ވައިބާ ބޭނުން ކުރާ ފަރާތްތަކަށް މިހާރު އެ ސްޓިކާ ޕެކް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް