ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ކުރިއަށްދިޔަ ޢީދު ނަމާދު ބޮޑު ޖަމާޢަތަށްފަހު އުރީދޫ ސައި ހަރަކާތް ކުރިއަށްގޮސްފިއެވެ.
މިއަދު ފޭސް ދޭއްގައި ޢީދު ނަމާދު ޖަމާޢަތުގައި ކުރިއަށްގެންގޮސްފައިވަނީ ފޭސް ދޭއްގެ ކްރިކެޓް ގްރައުންޑްގައެވެ.
ޢީދު ނަމާދާއި ޢީދު ސައި ހަރަކާތް އުރީދޫއިން ކުރިއަށްގެންފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެންނެވެ.
ފޭސް ދޭއްގައި ޢީދު ސައި ހަރަކާތުގެ އިތުރުން އުރީދޫއިން ވަނީ ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދިޔަ ޢީދު ނަމާދު ޖަމާޢަތަށްފަހުވެސް އުރީދޫ ބޯކިބާ ބެހުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައެވެ.
އުރީދޫއިން އަންނަނީ ކޮންމެ ޢީދެއްގައިވެސް މިފަދަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެންމެ ފަހުން މިދިޔަ އަހަރުގެ އަޟްހާ ޢީދުގައި ޢީދުސައި ކުރިއަށް ގެންގޮސްފައިވަނީ ޢީދު ނަމާދަށްފަހު ސަލްމާން މިސްކިތް ސަރަހައްދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް