ބީއެމްއެލް އިން 6 ރަށެއްގައި ޢީދު ސައި ބާއްވައިފި

ފިޠުރު ޢީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި  ބޭންކް އޮފް މޯލްޑިވްސްއިން 6 ރަށެއްގައި އީދު ސައި ބާއްވައިފިއެވެ. ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅި...

10 Apr 2024 | 07:23

ފިޠުރު ޢީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި  ބޭންކް އޮފް މޯލްޑިވްސްއިން 6 ރަށެއްގައި އީދު ސައި ބާއްވައިފިއެވެ. ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން  މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގައި އެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ " އީދު ސަޔަކީ ކޮންމެ އަހަރަކުވެސް އެހާމެ ކާމިޔާބު އަދި ރަށްރަށުން ވަރަށް ބޮޑަށް ބަލައިގަންނަ  އިވެންޓެއް.  އެކަކުއަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ އަދި ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާކަމެއް. މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް."

މި އިވެންޓް ބޭއްވުމަށް އެހީތެރި ވެދެއްވި  އަޅުގަނޑުމެންގެ ޓީމާއި،  ކައުންސިލްތަކާއި  ޖަމިއްޔާތަކަށް ޝުކުރު އަދާކުރަން." ސައީދު އިތުރަށް ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން އީދު ސައި ފަދަ ހަރަކާތްތަކުން ދައްކުވައިދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް