އެކަޑަމިކް ކަލަންޑަރު ރިވައިޒްކޮށް ފިތުރު އީދުގެ ތިން ވަނަ ދުވަހު ސްކޫލްތައް ހުޅުވަނީ

އަންނަ ހަފްތާ ބަންދުގައި ފެށޭ ފިތުރު އީދުގެ ތިން ވަނަ ދުވަހު ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން ވަނީ އެކަޑަމިކް ކަލަންޑަރު ރިވައިޒްކޮށް ބަންދު ދުވަސްތަކުގެ ...

10 Apr 2023 | 18:55

އަންނަ ހަފްތާ ބަންދުގައި ފެށޭ ފިތުރު އީދުގެ ތިން ވަނަ ދުވަހު ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ވަނީ އެކަޑަމިކް ކަލަންޑަރު ރިވައިޒްކޮށް ބަންދު ދުވަސްތަކުގެ ތެރެއިން އެއް ދުވަސް އުނިކޮށް މިއަދު އާންމުކޮށްފައި އެވެ.

އެ ގެނައި ބަދަލާއި އެކު މިހާރު ކަލަންޑަރުގައި ޗުއްޓީ ދުވަހެއްގެ ގޮތުގައި ހިމަނާފައިވާ އީދު ތިން ވަނަ ދުވަސް ކަމަށްވާ މިމަހުގެ 24 ވާ ހޯމަ ދުވަހަކީ ސްކޫލްތަކުގައި ކިޔަވައިދޭ ދުވަހަކަށް ވަނީ ހަދާފައި އެވެ.

ކުރިން އޮތް ގޮތުން ކުރިޔަށް އޮތް މިޑްޓާމް ބްރޭކް ހަފްތާ އާއި އެކު ފިތުރު އީދުގެ ތިން ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބެ އެވެ. މިޑްޓާމް ބްރޭކަށް ފަހު ސްކޫލްތައް ހުޅުވާގޮތަށް ހަމަޖައްސާފައިވަނީ 25 އޭޕްރިލްގައި އެވެ.

މިނިސްޓްރީން މި ބަދަލު ގެނައި ސަބަބު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް