ލ. ގަމުން ކަރަންޓު ކެނޑުނު މައްސަލައިގައި ފެނަކަ ގަމު ބްރާންޗުގެ މެނޭޖަރު ފާރޫގް ހުސެއިން ސަސްޕެންޑުކޮށްފި އެވެ.
ގަން ފެނަކަ ބްރާންޗުގެ މެނޭޖަރު ފާރޫގް ސަސްޕެންޑު ކޮށްފައިވަނީ އޭނާ ދޭންޖެހޭ އިރުޝާދު ނުދިނުމުން އިންޖީނުގެ އިން ޑީސަލް ހުސްވެ، އިންޖީނުތައް ހުއްޓި ރަށުން ކަރަންޓު ކެނޑުނު މައްސަލައިގައެވެ.
އަދި މި މައްސަލަ ބަލައި ނިމެންދެން ފާރޫގް އެއް މަސް ދުވަހަށް ވަނީ ސަސްޕެންޑު ކޮށްފައެވެ. އޭނާ ސަސްޕެންޑު ކުރިކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވަނީ މީޑިއާގައި ކަށަވަރު ކޮށްދެއްވާފައި އެވެ.
ގަމުން ތެޔޮ ހުސްވެގެން އިއްޔެ މެންދުރު ގަޑިއެއްހާ އިރަށް މުޅި ރަށުން ކަރަންޓް ކެނޑިފައި ވެއެވެ. މި މައްސަލަ ހައްލުކޮށްފައި ވަނީ އެ ސަރަހައްދުގައި އެ ވަގުތު އުޅުނު އެފްއެސްއެމްގެ ބޯޓުން ވަގުތުން ތެޔޮ ގަނެގެންނެވެ.
ގާތްގަނޑަކަށް ގަޑިއިރެއްގެ ތެރޭގައި މައްސަލަ ހައްލުކޮށް ފެނަކައި އިން ވަނީ ގަމަށް ކަރަންޓު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް