ނައީމާގެ މަރުގެ މައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!

ނ. މަނަދޫގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ. ގައިގެ އެތައް މިތަނަށް ވަޅި ހަރައި މަރާލާފައ...

10 Apr 2023 | 09:00

ނ. މަނަދޫގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ގައިގެ އެތައް މިތަނަށް ވަޅި ހަރައި މަރާލާފައި އޮއްވަ ނައީމާގެ ހަށިގަނޑު ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުގެ އިރު އޮއްސެނިކޮށެވެ. އޭނާ މަރާލާފައި އޮތީ ދިރިއުޅޭ ގޭ ކޮޓަރި ތެރޭގައި އެވެ.

ފުލުހުން މީޑިއާގައި ބުނީ މިހާތަނަށް ހާމަކުރި މައުލޫމާތުގެ އިތުރަށް ހާމަ ކުރާނެ މައުލޫމާތެއް އަދި ނެތް ކަމަށެވެ. އަދި ތަހުގީގު ކުރިޔަށް ދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް މަނަދޫގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއް އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ޓީމު އެރަށަށް ދިޔައީ ހޮނިހިރު ދުވަހު އެވެ.

އެ ޓީމާއި ފުލުހުން ދަނީ މަނަދޫގެ އެކި ސަރަހައްދުތައް ބަލާ ފާސް ކުރަމުންނެވެ. އޭގެ ތެރޭގައި މީހުން ނޫޅޭ ފަޅު ގެތައްވެސް ހިމެނެ އެވެ. އެ ރަށު މީހުން މީޑިއާގައި ބުނީ ފުލުހުން ބަލާ ފާސްކުރަމުންދާ ތަންތަނުން އެއްޗެސް ގެންދާތަން ފެނިފައި ނުވާ ކަމަށެވެ.

އުމުރުން62 އަހަރުގެ ނައީމާ ދިރިއުޅެމުންދިޔައީ އާއިލީ ގެއިން އޭނާއަށް ބަހައިގެން ލިބިފައި ހުންނަ ބައިގަ އެކަންޏެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މިއީ ބިދޭސީންތަކެއް ހިންގި ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް