ބާޒާރުކުރަން ބޭނުންކުރާ ޕްލާސްޓިކު ކޮތަޅު މިން ކުރާނެ އާލާތް ކަސްޓަމްސްއާ ހަވާލު ކޮށްފި

ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޤަރާރުގެ ދަށުން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅ...

10 Apr 2023 | 08:24

ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޤަރާރުގެ ދަށުން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު މިން ކުރާނެ އާލާތް މިނސްޓްރީ އޮފް އެންވަޔަރަމެންޓްގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް އާއި ހަވާލު ކޮށްފިއެވެ.

މި ތަކެތި ހަވާލު ކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އާއި މޯލްޑިވްސް ކަސްޓަމްސް އާއި ދެމެދު މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އެއްގެ ދަށުންނެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ދަށުން ޕްލާސްޓިކު ކޮތަޅުގެ ބޯމިން ބެލުމަށް ހަވާލު ކުރެވޭ އާލަތްތަކަކީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކޮށްފައިވާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅުގެ ބޯމިން ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ޗެކް ކުރުމަށް ބޭނުން ކުރެވޭނެ އާލަތްތަކެއް ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ހަވާލު ކުރެވޭ އާލަތްތައް ބޭނުން ކޮށްގެން ދިވެހިރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކު ކޮތަޅުތަކުގެ ބޯމިން ޗެކް ކުރުމުގެ އިތުރުން ޕްލާސްޓިކު ކޮތަޅުގެ ބޯމިނުގެ އެކި ސައިޒުތަކުގެ ރިކޯޑް ކޮށް ބެލެހެއްޓުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް އެންވާރްމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި މި ޑޭޓާ ރިކޯޑު ކޮށް ބެލެހެއްޓުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެ ވަމުންދާ ޕްލާސްޓިކު ކޮތަޅުގެ ސައިޒު ދެނެގަނެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖެ އެންޑް ޓެކްނޮލޮޖީ ގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލް މުޙައްމަދު އަންސަރު އެވެ.  އަދި މޯލްޑިވްސް ކަސްޓަމްސް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ، އަލްފާޟިލް މުޙައްމަދު މާނިޢުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް