ނ. އަތޮޅު ތަޢުލީމި މަރުކަޒުގެ 04 ކްލާސްރޫމް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ބުނީ މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,568,262.52ރ (ހަތަރު މިލިޔަން ފަސްލައްކަ ފަސްދޮޅަސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ދެރުފިޔާ ފަންސާސް ދެލާރި) ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިއީ 110 ދުވަހުގެ ތެރޭގައި ނިންމުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމް އެވެ.
ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް