ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓަތަކަށް ކޮންޓްރެކްޓަރުންނަށް ލިބެންޖެހޭ ފައިސާ އެކުންފުނިން ނުދައްކާތީވެ، ބައެއް ކުންފުނިތަކުން މިއަދު ފެނަކަ ކައިރީގައި މުޒާހިރާ ކުރަން ފަށައިފިއެވެ.
މުޒާހިރާ ކުރަމުންދާ ކުންފުނިތަކުގެ ޝުއޫރު ފާޅުކުރުމަށް ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ގޮތުން އެކުންފުނިން ފައިސާ ދޭނެކަމަށް އިންތިޒާރު ކުރަމުންދާތާ މިހާރު 7 މަސް ދުވަސް ވަނީ ފާއިތުވެފައެވެ.
ނަމަވެސް ފެނަކައިން އަބަދުވެސް ދެމުންދާ ޖަވާބަކީ ފައިސާ ދެވޭނީ މާދަމާ، ކަމަށާއި ކޭޝްފްލޯ ނެތްކަމަށް ކަމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.
އަދި ފެނަކައިން އަބަދުވެސް އަންނަ ހަފްތާގައި މުސާރަ ދޭނެ ކަމަށް ބުނަމުންދާ ކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ހިފަހައްޓައިގެން ތިބި ބެނާ ތަކުގައި ލިޔެފައި ވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮންޓްރެކްޓަރުންގެ ޕްރޮޖެކްޓުތަކަށް ދޭންޖެހޭ ފައިސާ ނުލިބިގެން ބައެއް ކުންފުނިތަކުން މިއަދު މުޒާހިރާ ކުރަމުން ދާއިރު، އެ ކޯޕަރޭޝަނުން މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ގިނަ ކުންފުނިތަކުން ދަނީ ޝަކުވާކުރަމުންނެވެ.
މީގެ އިތުރުން ކުރީގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ފެނަކަ ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކައިގެންވެސް ކުންފުނީގެ ދަރަނި ނުދެއްކޭ ވަރަށް އެކުންފުނި ދަރަނިވެރި ވެފައިވާ ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް