ދައުރުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މި މައްސަލައިގަ މަޖިލީހަށް ބަލައިގެންފައިވަނީ 19 މެމްބަރުންގެ ތާއީދާއި އެކު އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ސީނިއާ އެޑިޓަރަކާއި ނޫސްވެރިއަކަށް އިންޒާރު ދީފައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި ސަން ސިޔާމް ރިސޯޓްގެ ވެރިޔާ އަހުމަދު ސިޔާމް އާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލަ އަށް ތަހުގީގީ އިދާރާތަކުން ފުރިހަމަ އަށް ސަމާލުކަން ދީގެން އަވަސް ފިޔަވަޅު އެޅުމަށް އެ ކުއްލި މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.
މަޖިލީހަށް މި ގަރާރު ހުށަހެޅިއިރު، ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް