އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށާނެ: މިނިސްޓަރު

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖި...

10 Apr 2023 | 06:21

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހިމަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އަމަލީ މަސައްކަތް ފަށައިގެން ތާވަލާއި އެއްގޮތަށް ގޮސްފި ނަމަ2024 ވަނަ އަހަރުގެ ދިރާސީ އަހަރާއި އެކު އެ ސްކޫލްގައި ކިޔެވުން ފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލްގެ ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކުރެވިފައި ވާކަމަށާއި މިހާރު ކުރިއަށްދާ ޑީޓެއިލް ޑްރޮއިންގެ މަސައްކަތްތައް މިމަހުގެ ނިޔަލަށްނިމޭނެ ކަމަށެވެ.

މި މަސައްކަތް ޑިޒައިނާ ބިލްޑް އުސޫލުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއި އެވެ. މި އެއްބަސްވުމުގައި އެ ކުންފުންޏައި އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު29 ވަނަ ދުވަހު އެވެ.

މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ނުހިމަނާ އޮތުމާއި ގުޅޭގޮތުން ވިދާޅުވީ ފުުރަތަމަ ބަޖެޓަށް ފޮނުވިއިރު، ފިނޭންސް މިނިސްޓްރީއަށް ހުރިހާ ލިޔުންތައް ފޮނުވާފައި ހުންނާނެ ކަމަށެވެ. އެކަމަކު ފައިނަލް ކުރި އިރު އިދާރީ ކުށެއްގެ ސަބަބުން ނުހިމެނި އޮތްނަމަވެސް އެކަން ބަޖެޓު ފޮތުގައި ފަހުން ހިމަނާފަ ވާނެ ކަމަށް ވިދާޅުވި އެވެ.

އަރަބިއްޔާގެ އާ އިމާރާތް އަޅަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކުރީ 168 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް