މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މި ހަފްތާގައި ހަމަވާނެ އެވެ.
ބީއެމްއެލްއިން ބުނީ އެ މުއްދަތު ހަމަވާނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގައި ކަމަށެވެ. ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން ގުޅޭ ލިޔެކިޔުންތައް ހުޅަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ.
އީމެއިލް ފޮނުވާނީ [email protected] އަށެވެ.
ކޮމިއުނިޓީ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. މިފަހަރުވެސް ފަންޑު ދިނުމަށް ހަމަޖެހިފައިވަނީ ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށެވެ.
ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މި ފިޔަވަހީގައި ޖުމްލަ 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް