ބްރިޖް ޓްރެފިކް ލައިޓު ކައިރީ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް ފަރުވާ ދެމުން އެބަދެ އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ 11:33 ހާއިރު އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 43 އަހަރާއި، 47 އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނަށެވެ.
އޭގެ ތެރެއިން 43 އަހަރުގެ މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި އެވެ. އަނެއް ދެމީހުންނަށް ފަރުވާ ދެމުން ދަނީ ސެނަހިޔާ ހޮސްޕިޓަލުގައި އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް