ދުވަހުގެ ރެސިޕީ: ސިންދި ބިރިޔާނީ

ބޭނުންވާނެ ތަކެތި 1/2 1 ޖޯޑުގެ ބާސްމަތީ ހަނޑޫ ފެނުލައިގެން މަޑުކޮށްފައި 500 ގްރާމް ކޮށާފައި ހުރި ކުކުޅު 1/4 ޖޯޑު މަސްމިރުސް ރަހަލާވަރަށް ލޮނު 1 ސައިސަމުސާ ރީނދޫ 1 ސައިސަމުސާ މުގުރި މިރުސް 1 ސައިސަމުސާ...

10 Apr 2023 | 01:39

ބޭނުންވާނެ ތަކެތި

  • 1/2 1 ޖޯޑުގެ ބާސްމަތީ ހަނޑޫ ފެނުލައިގެން މަޑުކޮށްފައި
  • 500 ގްރާމް ކޮށާފައި ހުރި ކުކުޅު
  • 1/4 ޖޯޑު މަސްމިރުސް
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ މުގުރި މިރުސް
  • 1 ސައިސަމުސާ ހަވާދު
  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް
  • 1 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް
  • 1 ޖޯޑު ޔޯގަޓް
  • 2 މޭޒުމަތީ ސަމުސާ މަސްޓަރޑް އޮއިލް
  • 4 މޭޒުމަތީ ސަމުސާ ގިތެޔޮ (ނުވަތަ މާޖިރިން)
  • 1 ސައިސަމުސާ ދިރި
  • 1 އިންޗި ހުންނަ ވަރުގެ ފޮނިތޮށި ކޮޅެއް
  • 7 ކާފޫރު ތޮޅި
  • 6 ކަރަންފޫ
  • 3 ފިޔާ ތުނިކޮށް ކޮށާފައި
  • 1 އަލުވި 2/1 އިންޗި އަކައަށް ވާގޮތަށް ކޮށާފައި
  • 4 ރޯމިރުސް ކުދިކޮށް ކޮށާފައި
  • 2 މޭޒުމަތީ ސަމުސާ ކުދީނާފަތް ކުދިކޮށް ކޮށާފައި
  • 8 ނުވަތަ 10 ކުކުން ދަނޑިކޮޅު (2 ސައިސަމުސާ ކިރުގެ ތެރެއަށް އަޅާފައި)

ހައްދަވާނެގޮތް

ކުކުޅު ކޮޅުގެ ތެރެއަށް ލޮނު، ރީނދޫ، ތެޅިމިރުސް، ހަވާދު، ލޮނުމެދު އަދި އިނގުރު ޕޭސްޓް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޔޯގަޓާއި މަސްޓަރޑް ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި ކަމީރު ކުރަން ބަހައްޓާށެވެ.

ތަތްނުލަވާ ތަވަލުގެ ތަންކޮޅެއް ފުން ތަވައެއްގައި ގިތެޔޮކޮޅު ހޫނު ކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ދިރިކޮޅާއި، ކަރަންފޫ ފޮނިތޮށި ކާފޫރުތޮޅި ކޮޅުގެ އިތުރުން ފިޔާކޮޅު އަޅައި ރަތްވަންދެން މަޑުގިނީގައި ބަހައްޓާށެވެ. ދެން މަސްމިސްރުސްކޮޅު އެއްކޮށްލައި އިރުކޮޅެއް ވަންދެން ބަހައްޓާށެވެ. އެއަށްފަހު އަލުވިކޮޅު އަޅާލައި އުނދުނުގެ ގިނި ކުޑަތަންކޮޅެއް ބާރުކޮށްލާށެވެ.

މިހިސާބުން ލޮނާއި ރޯމިރުސްކޮޅު ވެސް އެއްކޮށްލައި އޭގެ ތެރެއަށް ކަމީރު ކޮށްފައިހުރި ކުކުޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ކުދީނާ ފަތްކޮޅާއި ފެނުލައި މަޑުކޮށްފައިހުރި ބާސްމަތީ ހަނޑޫ އެއްކޮށް ރަނގަޅަށް ގަށަމުން ގެންދާށެވެ. އެއަށްފަހު ތިން ޖޯޑު ފެންއަޅައި ރަނގަޅަށް ހަލަމުން ގެންދާށެވެ. ރަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ކިރުފޮދާއި އެކުގައި ހުރި ކުކުންކޮޅު އެއްކޮށްލާށެވެ. މަތިޖަހައިގެން މަޑުގިނީގައި ރަނގަޅަށް ކައްކާލާށެވެ. މިހާރު ތިހުރީ ސިންދި ބިރިޔާނީ ތައްޔާރު ކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް