ފިޝަރީސް މިނިސްޓަރު މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހާޒިރުކުރަން ނިންމައިފިއެވެ. ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ހާޒިރުކުރަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަ...

10 Apr 2022 | 16:54

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހާޒިރުކުރަން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ހާޒިރުކުރަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ސުވާލުކުރެއްވުމަށެވެ.

މާދަމާގެ ޖަލްސާ  ހެނދުނު 10:30 ގައި ފަށަން ހަަމަ ޖެހިފައިވާ އިރު ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް ހިމަނާފައި ވަނީ ވެސް ޑރ.ހުސައިންއާ ސުވާލުކުރެއްވުމެވެ.

އަބްދުالله ވަހީދު ކުރައްވާ ސުވާލުގައި ބުނެފައިވަނީ ދިއްދޫގައި އައިސް ޕްލާންޓެއް ގާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފައިވާއިރު، އެއާ އެއްގޮތަށް، 2021 ސެޕްޓެންބަރު އަށް ވަނަ ދުވަހު، ސައޫދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އިއުލާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި އެހެންކަމުން މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށާއި އައިސް ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށި، އޭގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ލަފާކުރާ ތާރީހެއް އޮޅުންފިލުވުން އެ ސުވާލުގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް