ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ދެބޭފުޅަކު ކުރިމަތިލައްވައިފި

ޕާކިސްތާނުގެ ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް ދެ ބޭފުޅަކު ނޮމިނޭޝަންސް ހުށަހަޅުއްވައިފިއެވެ. ނޮމިނޭޝަންސް ހުށަހަޅުއްވާފައިވަނީ ދަ ޕާކިސްތާނީ ތެހެރީކޭ އިންސާފް (ޕީޓީއައި) ގެ ޗެއާމަންގެ ނައިބު ޝާހް މަ...

10 Apr 2022 | 15:45

ޕާކިސްތާނުގެ ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް ދެ ބޭފުޅަކު ނޮމިނޭޝަންސް ހުށަހަޅުއްވައިފިއެވެ.

ނޮމިނޭޝަންސް ހުށަހަޅުއްވާފައިވަނީ ދަ ޕާކިސްތާނީ ތެހެރީކޭ އިންސާފް (ޕީޓީއައި) ގެ ޗެއާމަންގެ ނައިބު ޝާހް މަހްމޫދު ގުރައިސީ އާއި ދަ ޕާކިސްތާން މުސްލިމް ލީގުގެ ރައީސް ޝެހްބާސް ޝަރީފެވެ.

މި ދެބޭފުޅުން ބޮޑުވަޒީރުކަމުގެ ނޮމިނޭޝަން ހުށަހަޅުއްވާފައިވާއިރު ބޮޑު ވަޒީރުކަމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރި ހިސާބުން އެ ގައުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެގެން ގޮސްފައެވެ.

ޕާކިސްތާނުގެ ޕީޓީއައި ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ އިިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ދުރުކޮށްފައިވަނީ ރޭގެ ދަންވަރު ވަގުތުގައެވެ.

އެ ވޯޓުގައި ގާނޫނު ހަދާ މަޖިލީހުގެ 342 މެންބަރުންގެ ތެރެއިން 174 މެންބަރަކު ވޯޓުދިނީ އިތުބާރު ނެތް ކަމަށެވެ. އެކަމަށް ބޭނުންވަނީ 172 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް