މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީ ހާލަތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑްކޮށްފައިވާކަމަށް މަައުލޫމާތު ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ފްލައިޓަކީ ކޫއްޑޫއިން ކައްދުއަށް ދަތުރުކުރި ފްލައިޓެކެވެ. ކައްދުއަށް ލޭންޑްކުރަން އުޅުނުއިރު ލޭންޑިން ގިއަރ މަސައްކަތް ނުކުރާތީ އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޫޓު ބަދަލުކުރީއެވެ.
މޯލްޑިވިއަން ފްލައިޓް ނަމްބަރު Q2274 މިރޭ 08:05ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑްކޮށްފައިވާކަަމަށް ފްލައިޓް އިންފޮމޭޝަން ސާވިސަސް އިން ދައްކައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑްކުރަން އުޅުމުގެ ތެރޭގައި އެއްވެސް ހާދިސާއެއް ދިމާވިކަން ނުވަތަ ނޫންކަން ޔަގީނެއް ނޫނެވެ. މިކަމުގައި މޯލްޑިވިއަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް