ސެލްމެނައްލާ ބްކެޓީރިއާ އެކުލެވޭތީ ވޭސްޓެޖަންގެ އުފެއްދުންތަކެއް ވިއްކައި ބޭނުން ކުރުން އެފްޑީއޭއިން މަނާކޮށްފި

ސެލްމެނައްލާ ބްކެޓީރިއާ އެކުލެވޭތީ ވޭސްޓެޖަންގެ އުފެއްދުންތަކެއް ވިއްކައި ކެއުން އެފްޑީއޭއިން މަނާކޮށްފިއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ ސެލްމެނައްލާ އިން ތަޣައްޔަރުވެފައިވާ އުފެއްދުމެއ...

10 Apr 2022 | 11:45

ސެލްމެނައްލާ ބްކެޓީރިއާ އެކުލެވޭތީ ވޭސްޓެޖަންގެ އުފެއްދުންތަކެއް ވިއްކައި ކެއުން އެފްޑީއޭއިން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ ސެލްމެނައްލާ އިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ ވޭރސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީ.ވީ ބްރޭންޑުގެ ހާބަލް މިކްސް ރާއްޖެއަށް އެތެރެވެފައިވާ ކަަމަށް ޔޫރަޕިއަން ޔޫނިއަންގެ އާރުއޭއެސްއެފްއެފް އިން ވަނީ އެ އޮތޯރިޓީއަށް އަންގާފައި ވާ ކަމަށެވެ.

އަދި މިއީ ނެދަލޭންޑްސްގެ އުފެއްދުމެއް ކަމަށް އެމްއެފްޑީއޭ އިން ހާމަކުރެއެވެ.

މީގެ އިތުރުން އެމްއެފްޑީއޭ އިން ބުނީ މި އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެކީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެ ގަތުމަށްޓަކައި އެ އޮތޯރިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެހެންކަމުން އެމްއެފްޑިއޭ އިން ވަނީ ރައްކާތެރި ކަމުގެ ގޮތުން އެ އުފެއްދުންތައް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުން ތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާ އޮތޯރިޓީއެވެ.

ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ވެސް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް