އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކެމްޕެއިން ކުރަން ދައުލަތުގެ މުދާ ބޭނުން ކުރަމުންދާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޓީމާއި ދެކޮޅަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ޓީމުން ހުށަހެޅި މައްސަލަ އެމްޑީޕީން ބަލަން ފަށައިފި އެވެ.
ދެ ބޭފުޅުން ވާދަ ކުރައްވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށެވެ. އިންތި އިންތިހާބުގައި ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު އެވެ. ފައްޔާޒު ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އެވެ.
އިންތިގެ ޓީމުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި ތާއީދު ހޯދަން ވަޒީފާތައް ދިނުމާއި ވަޒީފާތަކުން މީހުން ވަކިކުރުމާއި އިންޒާރު ދިނުމާއި ދައުލަތުގެ ވަސީލަތްތަކުގައި ކެމްޕޭން ކުރަމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތެވެ.
މި މައްސަލަތައް ބަލަމުން އަންނަނީ ޗެއާޕާސަނާއި އަންހެނުންގެ ރޫހުގެ އިންތިހާބަށް އެކުލަވާލާފައި އޮތް ޝަކުވާ ބަލާ ކޮމިޓީންނެވެ.
މި އިންތިހާބުގެ ފޯރި ވަރަށް ގަދަވެފައި ވާއިރު ދެ ފަރާތުގެ ޓީމުން ދަނީ އަތޮޅުތެރޭގައިވެސް ކެމްޕެއިން ކުރަމުންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ94،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް