ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ގަން ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ހާޒިރު ކުރެވިފައިވާ ނުވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަމުންދަނީ، ނ. މިލަދޫ / ކަންމަތީގެ، ޢަލީ ޞަބާޙް A392520 (30އ) ކަމަށެވެ.
އެގޮތުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން އަލީ ޞަބާޙްގެ މައްޗައް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.
އަދި އޭނާ ހާޒިރުވާންޖެހޭނެ ތަނާއި ތާރީޚް ކަމުގައި ބުނެފައި ވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2022 އޭޕްރީލް 30 ވަނަ ދުވަހުގެ 12:00 އަަށެވެ.
ފުލުހުން ވަނީ މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުން އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް