ހޫނުގަދަވެ، ޑިމާންޑް ބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި

ހޫނު މޫސުމާ ދިމާކޮށް ރަށްރަށުން ފެނަށް ޑިމާންޑް ބޮޑުވެ ލިމިޓްކޮށްގެން ފެން ފުޅި ވިއްކަން ފަށައިފިއެވެ. އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން އުފައްދާ ތާޒާ ފެނުގެ ފަސް ލިޓަރު ފުޅިން މިހާރު މާލޭގެ ފިހ...

10 Apr 2022 | 09:56

ހޫނު މޫސުމާ ދިމާކޮށް ރަށްރަށުން ފެނަށް ޑިމާންޑް ބޮޑުވެ ލިމިޓްކޮށްގެން ފެން ފުޅި ވިއްކަން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން އުފައްދާ ތާޒާ ފެނުގެ ފަސް ލިޓަރު ފުޅިން މިހާރު މާލޭގެ ފިހާރަތަކަށް މިއަދު ވިއްކަނީ ފަސް ކޭސް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިގޮތަށް ފެން ލިމިޓްކުރަން ޖެހުނީ ހޫނު މޫސުމާ ގުޅިގެން ރަށްރަށަށް ފެން ފޮނުވާ އަދަދު ވަރަށް ބޮޑަށް އިިތުރުވުމުން ކަމަށެވެ.

ނަމަވެސް މިއަދު ފެން ލިމިޓްކޮށްގެން ވިއްކިޔަސް މާދަމާ އަނެއްކާ ވެސް ފެން ލިމިޓް ނުކޮށް ވިއްކަން ފެށޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޑަބްލިއުއެސްސީން ފެން ވިއްކުން ލިމިޓްކުރުމުން ފިހާރަތަކުން ފެން ހޯދުމުގައި އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ހޫނު ގަދަވެ ފެނުގެ ޑިމާންޑު އުފުލިފައިވާއިރު މެޓް އޮފީހުން ވެސް ވަނީ މި މަހަކީ ރާއްޖެއަށް މި އަހަރުގެ އެންމެ ހޫނު ދުވަސްވަރުކަން ހާމަކޮށްފައެވެ.

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ބައެއް ރަށްރަށުން ފެން ހުސްވެ ފެނަށް ވެސް ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް