ހދ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ރޯދަ މަހާއި ޝައްވާލް މަހުގެ ކުނި ބިލް މާފު ކޮށްދީފިއެވެ.
އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މި އަހަރު އޭޕްރީލް މަހާއި މޭ މަސް ( ރޯދަ މަހާއި ޝައްވާލް) މަހުގައި ގޭބީސީތަކުން ނަގާ ކުނި ފީ މައާފުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަނިމާދޫ ކައުންސިލުން ބުނީ ކުރިއަށް އޮތް އޭޕްރީލް މަހާއި މޭ މަހުގެ ކުނި ބިލަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކުނި ފީ ކުރިއަށް ފައިސާ ދައްކަންޖެހޭ މަހަށް ބަދަލުކޮށްފައިވާނޭ ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ ޖޫން މަހުގެ ކުނި ފީ އެ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އަދި އެޕްރީލް މޭ ފިޔަވައި ކުރިއަށް އޮތް މަސްތަކުގައި ކުރިއެކޭ ވެސް އެއްގޮތަށް ކުނި ބިލަށް ފައިސާ ދައްކަން ޖެހޭނެކަން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް