ފުލުހުންގެ ވަޒީފަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާއަށް ހުޅުވާލާފައިވަނީ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ކަމަށެވެ. މި ވަޒީފާއަކީ ފުލުހުންގެ ޔުނީފޯމްގައި ތިބޭ ބަޔަކަށްވީ ނަމަވެސް ފުލުހުންނަށް ގާނޫނީ ގޮތުން ލިބޭ ބާރުތައް ލިބޭ ބައެއް ނޫނެވެ.
ވަޒީފާގެ މުސާރައިގެ ގޮތުގައި11،421 ރުފިޔާ ލިބެ އެވެ. މަގާމަށް ޝަރުތުހަމާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.
މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ގްރޭޑް10 ނިންމާފައިވާ މީހުންނަށް ވާން ޖެހެ އެވެ. އަދި އުމުރަކީ18 އަހަރާއި30 އަހަރާއި ދެމެދެވެ.
ވަޒީފާއަށް ކުރިމަތިލާ މީހުންގެ ތެރެއިން ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުންނަންޖެހެ އެވެ.
މީގެ ދެ މަސް ކުރިންވެސް މި ވަޒީފާއަށް މީހުން ހޯދަން ފުލުހުންގެ އިދާރާއިން އިއުލާނު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް