ރަމަޟާން މަހާއި ދިމާކޮށް ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަދުރު ލިބޭނީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރަމަޟާން މަހާއި ދިމާކޮށް ސައުދީން ރާއްޖެއަށް ހަދިޔާ ކުރަން ހަމަޖެހިފައިވަނީ 50 ޓަނުގެ ކަދުރު ކަމަށެވެ.
އަދި ކަދުރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީި މި ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކަދުރު ލިބުން ލަސްވީ ކަދުރު މޫސުން ލަސްވުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ރާއްޖެއަށް ކަދުރު ފޯރުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް