ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޑީއެފްސީން ބުނީ މިއަދު ހުޅުވާލާފައިވަނީ "ދަނޑުވެރި ނަފާ" ލޯން އާއި "ވިޔަފާރި އެހީ" ގެ ލޯނަށެވެ. އެ ދެ ލޯނަށް އެދޭ ފޯމް މިއަދުން ފެށިގެން ހުށައެޅޭނެ ކަމަަށް އެސްޑީއެފްސީން ހާމަކުރެއެވެ.
އަދި ލޯނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.
ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާ ވެގެން އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީގެ މިދިޔަ އަހަރުގެ މާލީ ކާމިޔާބުތަކުގެ މައްޗަށް ބުނެފައިވާ ގޮތުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ.
އެސްޑީއެފްސީން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ލުޔެއްހޯދުމުގެ ގޮތުން މިދިޔަ އަހަރު
ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީ ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީ އިން ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.
އެގޮތުން އެސްޑީއެފްސީ އިން ވަނީ 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފައެވެ.
އަދި މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ވަނީ އެހީއަކަށް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް