ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ތައާރަފުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ތައާރަފުކޮށްފި އެވެ. އެ ހޮސްޕިޓަލުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށެވެ. ލޯގޯ ފަރުމާކޮށްފައިވަނީ ހޮ...

10 Apr 2022 | 06:45

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ތައާރަފުކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށެވެ. ލޯގޯ ފަރުމާކޮށްފައިވަނީ ހޮސްޕިޓަލަށް އައިސްފައިވާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން އެކަންކަން ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.

ހޮސްޕިޓަލުގެ އަމާޒަކީ އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ހޮސްޕިޓަލުން ފޯރުކޮށްދިނުން ކަމަށެވެ.

މި ލޯގޯ ފަރުމާ ކޮށްފައިވަނީ ނ. ވެލިދޫ، އަހުމަދު ހާލިދެވެ. އާ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް އެ ހޮސްޕިޓަލުން ހުޅުވާލީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލަށް ގެންނަ މިފަދަ ބަދަލުތަކަށް އެއްބާރުލުން ދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް