ޕާކިސްތާނުގެ އާ ބޮޑުވަޒީރު ހޮވުން މާދަމާ، އާ ބޮޑުވަޒީރަކީ ޝެހެބާޒް ޝަރީފް!

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ހޮވުން މާދަމާ އޮންނާނެ އެވެ. އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރީ ރޭގެ ވަގުތެއްގައި އެވެ. މިހާރު އެ ގައުމުގެ ގާނޫނު ހަދާ މ...

10 Apr 2022 | 05:47

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ހޮވުން މާދަމާ އޮންނާނެ އެވެ.

އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރީ ރޭގެ ވަގުތެއްގައި އެވެ. މިހާރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ކޯލިޝަންގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިދިކޮޅު ޕާޓީތަކުން ބޮޑުވަޒީރަކަށް ހުށަހަޅާ ބޭފުޅުންގެ ނަން މިއަދު ހެނދުނު ޕާކިސްތާނު ގަޑިން11:00 ގެ ކުރިން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެ މަގާމަށް އިދިކޮޅުން ހުށަހެޅުމަށް ނިންމާފައިވަނީ ގުޅިގެން އެއް ބޭފުޅެއްގެ ނަން ކަމަށްވެ އެވެ.

އެއީ މިހާރު މަޖިލީހުގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި ޝެހެބާޒް ހާން އެވެ. އޭނާ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން އަދާ ކުރައްވަން ފެއްޓެވީ އިމްރާން ހާންގެ އިތުބާރުނެތްކަމުގެ ވޯޓު ނުނަގަން ވެގެން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން އިސްތިއުފާދެއްވުމުންނެވެ.

އިމްރާން ހާން މަގާމުން ދުރުކުރަން ނެގި ވޯޓަށް ފަހު ރޭގައި ވާހަކަ ދައްކަވަމުން ޝެހްބާޒް ވިދާޅުވީ އެއީ ޕާކިސްތާނަށް އާ ފެށުމެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަން ގުޅިގެން ޕާކިސްތާނު އަލުން އާރާސްތު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިމްރާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ174 މެމްބަރުންގެ ތާއީދާއި އެކު އެވެ.342 މެމްބަރުން ތިބޭ ޕާކިސްތާނު ގާނޫނު ހަދާ މަޖިލީހުން އިމްރާން ވަކި ކުރަން ބޭނުންވަނީ އަދަދަކީވެސް މަދުވެގެން174 ވޯޓެވެ.

މަގާމުން ދުރުކުރި ފަހުން އިމްރާން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް