ދިވެހި އިމާމުންތަކެއް ވޯކްޝޮޕެއްގައި ބައިވެރިވުމަށް ސައުދީ ގޮސްފި

އިމާމުންގެ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ސައުދީގައި އޮންނަ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ދިވެހި އިމާމުންތަކެއް ރޭ މައްކާއަށް ގ...

10 Apr 2017 | 08:58

އިމާމުންގެ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ސައުދީގައި އޮންނަ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ދިވެހި އިމާމުންތަކެއް ރޭ މައްކާއަށް ގޮސްފި އެވެ.

ރޭ މައްކާއަށް ގޮސްފައިވަނީ އެ ދަތުރުގައި މައްކާއަށް ދާ 12 އިމާމުންގެ ތެރެއިން ހަތް އިމާމުންނެވެ. މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީގައި ހިންގާ މި ވޯކްޝޮޕަކީ ސަޢުދީ އަރަބިއްޔާގެ މަކްތަބުލް ދަޢުވާ ވަލް އިރުޝާދުން އިންތިޒާމްކޮށްގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގައި ޤުރުއާނާއި ފިޤުހުގެ އިތުރުން އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ މައްސަލަތަކާއި އިޖްތިމާޢީ މައްސަލަތަކާއި ގޮންޖެހުންތައް ހައްލު ކުރާނެ ގޮތް ދަސްކޮށްދޭނެ އެވެ. އަދި އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ވެސް ކިޔަވައި ދޭނެ އެވެ.

އިމާމުންގެ ފުރަތަމަ ބެޗް ސަޢުދީއަށް ފުރާފައިވާއިރު ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އިތުރު ބެޗަތައް ފުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރެ އެވެ. އަދި މީގެ އިތުރުން މިސްރުގެ އަލްއަޒްހަރު ޔުނިވާރސިޓީ އާއި ގުޅިގެން ދިވެހިން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް ރޭވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް