އއ އަތޮޅުން މާލެ އައި ފެރީ ލޯޗެއް ގިރިއަކަށް އަރައިފި

އއ. އަތޮޅުން ފުރައިގެން މާޅެ ދަތުރު ކުރަމުން ދަނިކޮށް ފެރީ ލޯންޗެއް ގިރި އަކަށް އަރައިފި އެވެ. މިއަދު ހެނދުނު ގާތްގަނޑަކަށް 8:15 ހާއިރު މި ހާދިސާ ހިނގި އިރު އެ ލޯންޗުގައި 20 މީހުން ތިއްބެވެ. "ހަވާލި" ...

10 Apr 2017 | 06:16

އއ. އަތޮޅުން ފުރައިގެން މާޅެ ދަތުރު ކުރަމުން ދަނިކޮށް ފެރީ ލޯންޗެއް ގިރި އަކަށް އަރައިފި އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 8:15 ހާއިރު މި ހާދިސާ ހިނގި އިރު އެ ލޯންޗުގައި 20 މީހުން ތިއްބެވެ. "ހަވާލި" ނަމަކަށްކިޔާ އެ ލޯންޗު އަރާފައި ވަނީ، ބަތަލާ އައިލެންޑް ރިސޯޓު ކައިރީ އޮންނަ ގިރި އަކަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ ލޯންޗު ގިރިއަށް އެރި ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެކަމަކު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ބުނެފައިވެ އެވެ. ކޯސްޓްގާޑުން ވަނީ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި އެންމެން މާލެ ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް