"ޕްރިޒަން ބްރޭކް" ގެ އާ ސީޒަން އެއް ފަށައިފި

ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ "ޕްރިޒަން ބްރޭކް" ގެ މުޅިން އާ ސީޒަން އެއް ނިކުމެއްޖެ އެވެ. މި ސީރީޒްގެ ހަތަރު ސީޒަން 2009 ވަނަ އަހަރު ވަނީ ނެރެފައި އެވެ. މި މަހުގެ 4 ގައި ނިކުތް ސީޒަން އަ...

10 Apr 2017 | 06:09

ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ "ޕްރިޒަން ބްރޭކް" ގެ މުޅިން އާ ސީޒަން އެއް ނިކުމެއްޖެ އެވެ.

މި ސީރީޒްގެ ހަތަރު ސީޒަން 2009 ވަނަ އަހަރު ވަނީ ނެރެފައި އެވެ. މި މަހުގެ 4 ގައި ނިކުތް ސީޒަން އަކީ އާންމުންގެ އެދުމުގެ މަތިން ނެރޭ ސީޒަން އެއް ކަމަށް ޕްރިޒަން ބްރޭކްގެ ޓީމުން ބުނެ އެވެ.

ޕްރިޒަން ބްރޭކަކީ ދެބެއިންގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒް އެކެވެ. ނުކުރާ ކުށެއްގެ ސަބަބުން ދެބެއިންގެ ތެރެއިން އެކަކު ޖަލަށް ލުމުން އޭނާ ސަލާމަތްކުރުމަށް އަނެކަކު ކުރާ މަސައްކަތުގެ ސަބަބުން އޭނާވެސް ޖަލަށް ދާން ޖެހެއެވެ.

ދެބެއިން ޖަލުން ސަލާމަތްވުމަށް ކުރާ މަސައްތްތައް ދައްކުވައިދޭ މި ސީރީޒް ނިންމާފައިވަނީ ގެ ހަތަރު ވަނަ ސީޒަން ނިންމާފައިވަނީ މައިކަލް ( ވެންޓްވޯތް މިލާރ) މަރުވުމުންނެވެ.

މިރޭގެ އެޕިސޯޑުގައި ލިންކަން (ޑޮމިނީކް ޕާރސްލަ) އަށް މައިކަލް މަރުނުވާކަން އެނގޭނެއެވެ. އަދި މޮރޯކަންގެ ޖަލެއްގައި އޭނާ އަނެއްކާވެސް ހައްޔަރު ކުރެވެއެވެ. ކުރިއަށް ހުރި ބައިތަކުގައި ފެނިގެންދާނީ މި ޖަލުން ސަލާމަތް ވުމަށް ދެބެއިން ކުރާ މަސައްކަތްތަކެވެ.

މައިކަލް އާއި ލިންކަން މިހާރުވެސް ދަނީ އެހެން ސީރީޒް އެއް ކުޅެމުންނެވެ. "ލެޖެންޑްސް އޮފް ޓުމޯރޯ" އިން އެ ދެމީހުން ފެނިގެން ދަނީ ދެބެއިންގެ ރޯލަކުން ނޫނެވެ. އެހެންނަމަވެސް ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް