ބޮލީވުޑްގައި މަޝްހޫރު ތަރިން ލީޑް ރޯލު ކުޅެފައިވާ ފިލްމުތައް އެއް ދުވަސް ވަރެއްގައި ނުވަތަ އެއް ދުވަހެއްގައި ރިލީޒް ކުރުމަކީ ހަމަނުޖެހުމާއި، ބަހުގެ ހަމަލާ ތަކާއި ޒުވާބު ކުރުން އިތުރުވާ ކަމެކެވެ.
ބައެއް ފަހަރު އެފަދަ މައްސަލަތަކުގައި އަބަދުގެ އަބަދަށް އެކުވެރިން ހަތުރުންނަށް ވެފައި އެބަ ހުއްޓެވެ. އޭގެ މިސާލަކީ ކަރަން ޖޯހަރާއި ކާޖޮލް ދޭވްގަން އެވެ.
މިފަހަރު ދެ ތަރިންނެތް ނޫނެވެ. އާމިރު ހާން އާއި އަކްޝޭ ކުމާރާއި އަޖޭ ދޭވް ގަންގެ ކުރިމަތި ލުމެކެވެ. މީގެ ކުރިން އެހެން ތާރީހެއްގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް އާމިރު ހާން ލީޑް ރޯލް ކުޅެފައިވާ ފިލްމު "ސީކްރެޓް ސުޕާ ސްޓާ" ކުއްލިއަކަށް ވަނީ ދިވާލީގައި ރިލީޒް ކުރާ ގޮތަށް ބަދަލުކޮށްފައި އެވެ.
އާމިރު ހާންގެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެގޮތަށް ނިންމުމުގެ ކުރިންވެސް އަޖޭ ދޭވްގަންގެ މުހިންމު ރޯލެއް ފެނިގެންދާ "ގޯލްމާލް އަގެއިން" އާއި އަކްޝޭ ކުމާރާއި ރަޖިނީ ކާންތު ލީޑރޯލް ކުޅެފައިވާ ފިލްމު "2.0" ރިލީޒް ކުރަން ހަމަޖެހިފައި އޮތީ ދިވާލީ ގައި އެވެ.
އާމިރުގެ ފިލްމު ރިލީޒް ކުރާ ތާރީހަށް ގެނައި ބަދަލާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ އެހެން ފިލްމުތަކެއް ދިވާލީގައި ރިލީޒް ކުރުމަކީ މައްސަލައެއް ނޫންކަމަށާއި، އޭރުން އެ ޗުއްޓީ އަކީ އާންމު މުނިފޫހިފިލުވައިދޭ ދުވަސްކޮޅަކަށް ވާނެ ކަމަށެވެ.
އެކަމަކު އާމިރުގެ ގާތް މީހަކު އިންޑިއާ މީޑިއާގައި ބުނެފައިވަނީ އާމިރު ފިލްމު ކުރިން ރިލީޒް ކުރަން ހަމަޖެއްސި ތާރީހު ކަމަށްވާ އޯގަސްޓް 11 ވަނަ ދުވަސް ބަދަލު ކުރީ ހަމަ އެ ދުވަހު ޝާރުކް ހާންގެ "ފިލްމެއް ރިލީޒް ކުރާތީ ކަމަށެވެ.
އެންމެ ފަހުން މިގޮތަށް ޒުވާކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރީ ޝާރުކް ހާން އާއި ރިތިކް ރޯޝަން އެވެ. ޝާރުކް ހާންގެ ފިލްމު "ރައީސް ރިލީޒް ކުރަން އޮތް ތާރީހު ބަދަލުކޮށް ރިތިކްގެ "ކާބިލް" އާއި އެއް ދުވަހެއްގައި ރިލީޒް ކުރުމުން ރިތިކް ވަނީ އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް