ތޮލްހަތަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގާ ރައީސް ނަޝީދުގެ ދައުރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިރޭ އިއްވައިފި އެވެ. ތޮލްހަތ...

10 Apr 2015 | 17:37

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގާ ރައީސް ނަޝީދުގެ ދައުރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިރޭ އިއްވައިފި އެވެ.

ތޮލްހަތުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން، ތޮލްހަތު އެކަން ރާވައި ހިންގާފައިވާކަން ތޮލްހަތު ޝަރީއަތުގައި ދެއްކެވި ވާހަކަފުޅުތަކާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ހުކުމުގައި އެގޮތަށް ބުނެފައިވާއިރު މި މައްސަލައިގާ ތޮލްހަތާއި ދެކޮޅަށް ހެކިބަސް ދިން ސިފައިންގެ އޮފިޝަރަކު ވިދާޅުވެފައިވަނީ 30 އަހަރަށް ޖަލަށް ލިޔަސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް އޭނާގާތު ތޮލްހަތު ވިދާޅުވި ކަމަށެވެ. މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ ސިފައިންގެ އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން 40 އަހަރަށް ޖަލަށްލިޔަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް