ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބަޗަން މިސްރަށް ޒިޔާރަތް ކުރުމުން، އެގައުމުގެ އެކަޑެމީ އޮފް އާޓްސް އިން އަމީތާބަށް ހާއްސަ ސަރަފުގެ އެވޯޑެއް ދިނުމުން އެގައުމުގެ ލަވަކިޔުންތެރިއަކު ރުޅިގަދަ ވެއްޖެ އެވެ.
މިސްރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަމީތާބަށް އާޓްސް އެކަޑެމީން އަރުވާފައިވަނީ "އޮނަރަރީ ޑިގްރީ" އެވެ. އެކަމާ ރުޅިގަދަވެގެން އުޅެނީ މިސްރުގެ ޕޮޕް ލަވަކިޔުންތެރިޔާ ޝާބަން އަބްދުލް ރަހީމް އެވެ.
މިކަމާ ރުޅިގަދަވެ މީޑިއާއަށް މައުލޫމާތު ދެމުން ސާބަން ބުނީ އަމީތާބަށްވުރެ "އޮނަރަރީ ޑިގްރީ" ލިބުން ހައްގުކަން ބޮޑީ އޭނާ އަށްކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނަނީ އޭނާ އައިއެސްއާ ދެކޮޅަށްވެސް ހަނގުރާމަ ކުރި ކަމަށެވެ. އަދި އިޒްރޭލާއި އޮބާމާއާ ދެކޮޅަށްވެސް ވާހަކަ ދެއްކި ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކަން އަމީތާބަށް ނުކެރޭނެ ކަމަށެވެ.
ޝާބަން އިތުރަށް ބުނެފައިވަނީ އަމީތާބަށް "އޮނަރަރީ ޑިގްރީ" ދިނުމަށްފަހު އެކަޑެމީގެ ފަރާތުން އަމީތާބު މިސްރުގެ މެރިއޮޓް ހޮޓަލަށް ގެންގޮސް "ހޮޓް ސޯނާ" އެއްވެސް އޮފާ ކުރި ކަމަށެވެ. އަދި އެފަދަ "ހޮޓް ސޯނާ" އެއް އޭނާވެސް ބޭނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް